ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން، ކެލާ ކައުންސިލާއި ގުޅިގެން ސެލްފް ޑިފެސްންސް ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ފަށާފައިވަނީ 15 މޭ 2022 ވީ އާދީއްތަ ދުވަހުއެވެ.

ކާމިޔާބުކަމާއެކީ، ބޮޑު ތަރުހީބެއް ލިބިގެން ކުރިއަށްގެންދާ މި ފްރޮޤްރާމް ނިންމާލުމަށް ހަމަޖެހިފައިވަނީ 19 މޭ 2022ވާ ބުރާސްފަތި ދުވަހުއެވެ.

މި ޕްރޮގްރާމް ފުރިހަމަކަމާއެކީ ކުރިއަށް ގެންދެވުމުގެ ސިއްރަކީ ކެލާ ކައުންސިލާއި، ސްކޫލްއާއި އަދި ސިއްހީ މަރުކަޒުގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމެވެ.

ކެލާ އ.ތ.މ. ކޮމެޓީގެ ރައީސާ ޙައްވާ ފަޒުނާ ވިދާޅުވީ މި ޕްރޮގްރާމަކީ ރަށުގެ ކުޑަކުދިންނާއި އަންހެނުން، ބޭރުތެރޭގައި އުޅޭ އުޅުމުގައި ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވާނެގޮތް ދަސްކޮށްދިނުމުގެ މުހިންމު މަޤްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމްގައި ސެލްފް ޑިފެންސްގެ އުކުޅުތައް ދަސްކޮށްދެއްވަނީ "ކްރަވޮލޫޝަންގެ" ކްރަވް މަގަރ އިންސްޓްރަކްޓަރ ހއ. ކެލާ މާކަރީ، އަޙްމަދު ޝާމެވެ.