ކައުންސިލާސް

  • ޢަބްދުﷲ އިންފާޒް

    ޢަބްދުﷲ އިންފާޒް

    ކައުންސިލްގެ ރައީސް

    ޢަބްދުﷲ އިންފާޒަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ސިދާ ރައްޔިތުންގެ ވޯޓުން ކެލާ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެ، ކައުންސިލްގެ އެންމެ އިސް ވާޖިބު އަދާކުރަމުންދާ ފަރާތެވެ. ޢަބްދުﷲ އިންފާޒް ސިޔާސީ ދާއިރާގައި މަސައްކަތް ކުރާތާ ވަނީ 7 އަހަރުވެފައެވެ. މި ގޮތުން ކެލާ ކައުންސިލްގެ 2ވަނަ ދައުރުގެ ރައީސް ކަމާއި ހއ އަތޮޅުކައުންސިލްގެ ކެލާދާއިރާގެ މެންބަރުކަން ޢަބްދުﷲ އިންފާޒް ވަނީ ކޮށްފައެވެ. ސިޔާސީ ދާއިރާގެ އިތުރުން ތައުލީމާއި އުގަންނައި ދިނުމުގެ ދާއިރާގައި ވަނީ މަސައްކަތްކޮށްފައެވެ.

  • ޢަބްދުﷲ ސާޖިދު

    ޢަބްދުﷲ ސާޖިދު

    ކެލާ ކައުންސިލް ނައިބު ރައީސް

    ޢަބްދުﷲ ސާޖިދްއަކީ ކެލާ ކައުންސިލަށް އަލަށް އިންތިހާބުވެ ކެލާ ކައުންސިލްގެ މެމްބަރުންގެ ރުހުމާއެކު ނައިބް ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދާ ފަރާތެވެ. މީގެ އިތުރުން ކައުންސިލްގެ މުނިސިޕަލް ހިދުމަތްތަކުގެ އެންމެ އިސް ޒިންމާއާއި ހަވާލުވެ ހުރި ފަރާތްވެސްމެއެވެ. ސިޔާސީ މަސައްކަތް ފެށުމުގެ ކުރިން ޢަބްދުﷲ ސާޖިދް ވަނީ ޓުއަރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކޮށް ތަޖުރިބާލިބި އަމިއްލަ ގެސްހައުސްއެއް ރަށުގައި އޮޕްރޭޓް ކުރަމުން ގެންގޮސްފައެވެ.

  • މުޢައްވަޒް ޢަބްދުﷲ

    މުޢައްވަޒް ޢަބްދުﷲ

    ކެލާ ކައުންސިލް މެންބަރ

    މުޢައްވަޒް ޢަބްދުﷲ އަކީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތުން ކެލާ ކައުންސިލްގެ މެންބަރު ކަމަށް އަލަށް އިންތިޚާބުވެ ކައުންސިލްމެންބަރުކަމުގެ ވާޖިބް މިހާރު އަދާ ކުރަމުންދާ ފަރާތެކެވެ. މުޢައްވަޒް ޢަބްދުﷲ އަކީ ކެލާ ކައުންސިލްގެ އިގްތިސާދީ އަދި އިޖްތިމާއީ އެންމެހައި މަސައްކަތްތަކުގެ އެންމެ އިސް ޒިންމާނަގާ ފަރާތުގެ އިތުރުން ކައުންސިލްއިން ހިންގާ ޕްރީސްކޫލް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު އަދާކުރާފަރާތެވެ. މުޢައްވަޒް ޢަބްދުﷲ ވަނީ ސިޔާސީ މަސައްކަތް ފެށުމުގެ ކުރިން ޓުއަރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކޮށް ތަޖުރިބާ ހާސިލުކޮށްފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޚާއްސަ ކޮށް ވޮލީ އިން ގިނަކާމިޔާބީތަކެއް މުޢައްވަޒް ޢަބްދުﷲ ހޯދާފައެވެ.

  • މަރްޔަމް ރިސްވާ

    މަރްޔަމް ރިސްވާ

    ކެލާ ކައުންސިލް މެންބަރ

    މަރިޔަމް ރިސްވާ އަކީ ސިޔާސީ މަސައްކަތްފެށުމުގެ ކުރިން އަމިލައް މަސައްކަތް އަދި އަމިއްލަ ވިޔަފާރީގައި ތަޖުރިބާ ހޯދައިފައިވާ ފަރާތެކެވެ. އާ ލާމަރުކަޒީ ގާނޫނުގެ ދަށުން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮޑިއަށް ވާދަކޮށް ރައްޔިތުންގެ އަގުލަބިއްޔަތުން ކެލާ ކައުންސިލްގެ މެންބަރު ކަމަށް އަލަށް އިންތިޚާބުވެ، ކައުންސިލްމެންބަރުކަމުގެ ވާޖިބް މަރިޔަމް ރިސްވާ މިހާރު ދަނީއަދާ ކުރަމުންނެވެ. މަރިޔަމް ރިސްވާ އަކީ ކައުންސިލްގެ ބަޖެޓް އަދި ފައިނޭންސް މަސައްކަތްތުކުގެ އެންމެ އިސް ޒިންމާނަގާ ފަރާތްވެސް މެއެވެ.

  • ޚަދީޖާ މަޢުރިފާ

    ޚަދީޖާ މަޢުރިފާ

    ކެލާ ކައުންސިލް މެންބަރ

    ޚަދީޖާ މަޢުރިފާ އަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮޑިއަށް އިންތިޚާބުވެފައިވާ މެންބަރު އިސްތިޢުފާ ދިނުމާގުޅިގެން ބޭއްވުނު ބައި-އިލެކްޝަނުން ވާދަކޮށް ރައްޔިތުންގެ އަގުލަބިއްޔަތުން ކެލާ ކައުންސިލްގެ މެންބަރު ކަމަށް އިންތިޚާބުވެ، ކައުންސިލްމެންބަރުކަމުގެ ވާޖިބް ޚަދީޖާ މަޢުރިފާ މިހާރު ދަނީއަދާ ކުރަމުންނެވެ. ޚަދީޖާ މަޢުރިފާ އަކީ ކައުންސިލްގެ އިދާރީ ހިންގުމާއީ ހިއުމަން ރިސޯސް އަދި ޕީއާރު މަސައްކަތްތުކުގެ އެންމެ އިސް ޒިންމާނަގާ ފަރާތްވެސް މެއެވެ.