ކައުންސިލް
ކައުންސިލަރުން
އާންމު ބައްދަލުވުން
ކުއްލި ބައްދަލުވުން
ރައްޔިތު ބައްދަލުވުން
އިދާރީ މުވައްޒިފުން
އ.ތ.މ ކޮމިޓީ
ހަބަރު
އެނައުންސްމަންޓް
ޑައުންލޯޑް
ގެލަރީ
ރައްޔިތު ބައްދަލުވުން - 24-02-2022
ދައުރު
4
ޖަލްސާ
5
ހާޒިރީ
38
ތާރިޙް
Mar 29
ޖަލްސާގެ ކުރެވުނު މަސަތްކަތްތައް
މަޝްވަރާ ކުރެވުނު ކަންތައް: - މި ބައްދަލުވުން ކުރިއަށް ގެންގޮސް ދެއްވާފައިވަނީ ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒް އެވެ. - އެގޮތުން 2021 ވަނަ އަހަރު ކައުންސިލްގެ މާލީ ހިސާބު އަދި 2022 އަހަރަށް ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގެ ތަފްސީލް ހިއްސާކުރެއްވިއެވެ. - މައިގަނޑު ގޮތެއްގައި 2021 ވަނަ އަހަރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކުގެ ތަފްސީލް ހިއްސާކުރެއްވިއެވެ. - އެއަށްފަހު 2022 ވަނަ އަހަރުގެ ފުރަތަމަ 02 ކުއާޓަރ ގައި ކައުންސިލުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ކުރު ހުލާސާއެއް ހިއްސާކުރެއްވިއެވެ. - ދެން އެއަށްފަހު މިހާރު ކައުންސިލުން ރަށުގައި ހިންގަމުންދާ މުހިންމު ޕްރޮޖެކްޓްތަކާއި ސަރުކާރުން ރަށުގައި ހިންގަމުންދާ ޕްރޮޖެކްޓް ތަކުގެ ތަފްސީލް ހިއްސާކުރެއްވިއެވެ. - އެންމެ ފަހު ކަމަކަށް ކުރިއަށް ގެންދެވުނީ އާންމު ރައްޔިތުން ހުށަހަޅުއްވާފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވުމުގެ ބައެވެ. އެގޮތުން ބައްދަލުވުން ބޭއްވުމުގެ ކުރިން އާންމު ރައްޔިތުންގެ ތެރެއިން ކައުންސިލަށް ސުވާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލި މުއްދަތުގައި ހުށަހެޅުއްވި ސުވާލުތަކަށް ކައުންސިލުން ޖަވާބުދާރީ ވެލެއްވިއެވެ. އަދި މީގެ އިތުރަށްވެސް ކައުންސިލަށް ސުވާލެއް އޮތްނަމަ އެ ފުރުޞަތު ދެއްވާ ރައްޔިތުންގެ ސުވާލުތަކަށް ރިޔާސަތުން ކައުންސިލްގެ ރައީސް ޖަވާބު ދެއްވިއެވެ. - މި ބައްދަލުވުން ނިމިފައިވަނީ 23:00 ގައެވެ.
ގުޅުންހުރި ޑޮކިޔުމެންޓްތައް
ޔައުމިއްޔާ