ކެލާ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 20 ވަނަ އާންމު ބައްދަލުވުން - 14-10-2021

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 18،19 ވަނަ ޢާންމު ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން - ސްކޫލް ކުދިންގެ ފުނަވާ ސަރަހައްދުގައި ކުދި ފުނަ ގަސްތައް ނަގާ ޖޮގިންޕާރކެއް ގެ ގޮތުގައި އެސަރަހައްދު ތަރައްޤީ ކުރުމަށް ނިންމުން - ކެލާ ކަނޑޫފަލުގައި ހުރި ހިކިފައިވާ ކަނޑޫ ގަސްތައް ރައްޔިތުންނަށް ބޭނުން ކުރެވޭގޮތައް އަންނަނިވި އުސޫލުން ދޫކުރުމަށް ނިންމުން 1 - ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި cm 10 ސެންޓިމީޓަރ ހަމަ ނުވާނަމަ ހިލޭ. 2 - ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި cm 10 ސެންޓިމީޓަރ އާ c 20 ސ މ ދެމެދު ގަހުގެ އަގަކީ -/5 ރުފިޔާއެވެ. 3 - ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި cm 20 ސެންޓިމީޓަރ އާ cm 30 ސ މ ދެމެދު ގަހުގެ އަގަކީ -/10 ރުފިޔާއެވެ. 4- ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި c 30 ސެންޓިމީޓަރ އަށް ވުރެން ބޮޑު ކޮންމެ ގަހެއްގެ އިތުރުވާ ކޮންމެ cm އަކަށް 50 ލާރީގެ ރޭޓުން އަގު ފާސްކުރުން

ގުޅުންހުރި ޑޮކިޔުމެންޓްތައް