ކެލާ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 149 ވަނަ އާންމު ބައްދަލުވުން -27-08-2024

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

1. ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ އާންމު ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން. 2. ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 148 ވަނަ އާންމު ބައްދަލުވުމުގެ އުމިއްޔާ ފާސްކުރުން. 3. ހއ.ކެލާ ކައުންސިލްގެ ފަރާތުން ޓްއަރިޒަމް ވިޔަފާރިއަށް (ގެސްޓް ހައުސް، ސިޓީ ހޮޓަރ) ހިންގުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިންތައް ސަބްލީޒް ކުރުމާއި ނޮވޭޓްކުރުމާއި އަދި ތިންވަނަ ފަރާތަކަށް ހިންގުން ހަވާލުކުރުމާއި ގުޅޭގޮތުން ކައުންސިލަށް މާލީ މަންފާއެއް ލިބޭގޮތައް އުސޫލެއް ހަދާ ފާސްކުރުމާމެދު މަޝްވަރާކޮށް ގޮތްނިއްމުން. 4. ކައުންސިލުން އިޢުލާންކޮށްފައިވާ ސޯލާ މަގުބައްތި ސަޕްލައި ކުރުމުގެ ބިޑާއި ގުޅިގެން ލިބިފައިވާ ސާންޕަލް ނައްތިތައް ކަމުނުދާތީއާއި ރަށުގެ ގިނަ ފަރާތްތަކަށް ސޯލާ މަގުބައްތި މިވަގުތަށް އެހާ ކަމުދާ ބައްތިއަކަށް ނުވާތީ ދެންނެވުނު ބިޑް ކެންސަލް ކުރުމާމެދު މަޝްވަރާކޮށް ގޮތް ނިއްމުން. 5. ކެލާގެ މަގު ކުނިކެހުން ކެލާކައުންސިލްގެ %100 ހިއްސާ އޮންނަ ކެލާ ލޯކަލް އޮތޯރިޓީ ކުންފުންޏަށް މިހާރު ކައުންސިލުން މަގުކުނިކަހާ ފަރާތްތަކަށް ދެމުންގެންދާ -/50000 ރުފިޔާ (މަހެއްގެ މައްޗަށް) ދިނުމާއި މެދު ފިނޭންސް މިނިސްޓްރީ، އެލް.ޖީ.އޭ އަދި އެޓަރނީ ޖެނެރަލްގެ ލަފައަކަށް އެދުމާމެދު މަޝްވަރާކޮށް ގޮތް ނިއްމުން. 6. ކެލާ ކައުންސިލުން އެކި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުޞޫލާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތްނިއްމުން.

ގުޅުންހުރި ޑޮކިޔުމެންޓްތައް