ކެލާ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 123 ވަނަ އާންމު ބައްދަލުވުން -14-12-2023

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

1. ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 123 ވަނަ އާންމު ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން. 2. ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 122،121 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން. 3. މިސްކިތު މަރާމާތު ކޯޑަށް ފައިސާ އިތުރު ކުރުމަށް ބަޖެޓް ކޮންޓްރޯލް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތްނިންމުން. 4. އެންވަޔަރމަންޓް މިނިސްޓްރީގެ (އެރައިސް) މަޝްރޫޢުގެ ދަށުން އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ޤާއިމް ކުރުމަށް ބޭނުންވާނެ ބިން ކަށަވަރު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތް ނިއްމުން. 5. ކައުންސިލް އާއި ޕްލިސް ގުޅިގެން ސައިބަރ ކުރައިމް އިވެންޓެއް ގެންދިޔުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތްނިއްމުން. 6. ޕްރީސްކޫލްއަށް 1 މަސް ދުވަހަށްވުރެ ގިނަ ދުވަހުގެ މުއްދަތައް ހާޟިރު ނުވެވޭ ކުދިންގެ ސްކޫލް ފީ އެދުވަސްތައް އުނި ކުރުމާއިމެދު މަޝްވަރާކޮށް ގޮތްނިއްމުން. 7. ދަނޑުބިމުން މަގަށް އަރާ އަލަކޯރުތައް ނެގުމުގައި އަމަލު ކުރާނެ ގޮތާއި މެދު މަޝްވަރާކޮށް ގޮތްނިއްމުން. 8. ދަނޑުބިން ލާޖެއްސުމަށް ބޭނުންވާ ފަރާތް ތައް ހުރުމާއި އެކު ލާޖެއްސުމުގައި އަމަލުކުރާނެ ގޮތާކާއިމެދު މަޝްވަރާކޮށް ގޮތްނިއްމުން. 9. ކައުންސިލް އިދާރާގެ ޓީރޫމްހެދުމަށް ޓަކައި މަރާމާތު ކޯޑުން ޚަރަދުކުރުމާއި މެދު މަޝްވަރާކޮށް ގޮތް ނިއްމުން. 10. ކައުންސިލްގެ ރައީސް 13 ޑިސެންބަރ 2023 ގައި ޕެޓާނިޓީލީވް ނަގަން ފޯރމް ހުށައަޅާފައިވާތީ އެކަމާއިމެދު މަޝްވަރާކޮށް ގޮތްނިއްމުން.

ގުޅުންހުރި ޑޮކިޔުމެންޓްތައް