ކެލާ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 121 ވަނަ އާންމު ބައްދަލުވުން - 28-11-2023

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

1. ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 121 ވަނަ އާންމު ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން. 2. ކެލާ ކައުންސިލްގެ 4 ވަނަ ދައުރުގެ 120 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން. 3. ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ކެލާ ތަމްސީލު ކުރާ ޓީމުގެ ރަޖިސްޓްރޭޝަން ފީ -/7500 (ހަތްހާސް ފައްސަތޭކަ ރުފިޔާ) ކައުންސިލް އިދާރާގެ ފަރާޓުން ޚަރަދު ކުރުމާއި މިފައިސާ މިވަގުތު ދައްކާ ފައިވާ މުޙައްމަދު ނާއިފް،ސީނާ ހއ.ކެލާ އަށް އަނބުރާ ދިނުމާއި މެދު މަޝްވަރާކޮށް ގޮތް ނިއްމުން. 4. ހއ ހޯރަފުށީ ކުލަބް ޖީ އެސް ވޮލީ މުބާރާތުގައި ކެލާ ޓީމް ބައިވެރި ވުމާއި ގުޅިގެން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި މެދު މަޝްވަރާކޮށް ގޮތް ނިއްމުން. 5. ބަނދަރުގައި ހއ.ކެލާ މަލާޒް މުހައްމަދު އިބްރާހީމް އަމިއްލަ ޚަރަދުގައި ހަރުކޮށްފައިވާ ކަރަންޓް ޑީ ބީ ކައުންސިލްގެ ބޭނުމަށް ނަގާތީވެ އެފަރާތައް ބަދަލު ދިނުމާއިމެދު މަޝްވަރާކޮށް ގޮތްނިންމުން. 6. ކުނިކޮށްޓަށް ގެންދެވޭ ބަދިގެ ކުނި ނައްތާލުމަށްޓަކައި ހަދަންޖެހޭ މަގަށް އަރާގެން ނަގަންޖެހޭ ރިއްތަކަށް ބަދަލުދިނުމާއި މެދުމަޝްވަރާކޮށް ގޮތް ނިއްމުން.

ގުޅުންހުރި ޑޮކިޔުމެންޓްތައް