Mar 29, 2022

ކެލާ ކައުންސިލުން އިސްނަގައިގެން ކެލާގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން ރަށުގެ ކުދި ބޮޑު އެއްމެންަނަށް މާހެފުން ބާއްވައިފި.

ކެލާ ކައުންސިލުން އިސްނަގައިގެން ކެލާގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން ރަށުގެ ކުދި ބޮޑު އެއްމެންަނަށް މާހެފުން ބާއްވައިފި.
ކެލާ ކައުންސިލުން އިސްނަގައިގެން ކެލާގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން ރަށުގެ ކުދި ބޮޑު އެއްމެންަނަށް 1442 ވަނަ އަހަރުގެ ރަމަޟާންމަހާ ގުޅިގެން ބާއްވާ މާހެފުން ބާއްވާފައިވަނީ ހއ.ކެލާ ޔޫތުސެންޓަރ ގައި އެވެ. މި މާހެފުމުގައި ރަށުގެ ވަރަށް ގިނަ ބަޔަކު ބައިވެރި ވިއެވެ. މި މާހެފުމުގައި ރަށުގެ ވަރަށްގިނަ މީހުންނާ ކުޑަކުދިން އެއްތަނަކުން ބައްަދަލުވެ ވަރަށް އުފާވެރި މާހައުލެއް ފެނިގެން ދިއައެވެ . އެކަކު އަނެކަކަށް ޙާލު އޮޅުން ފިލުވާލާ ޚިޔާލު ބަދަލުކޮށްލަން ލިބުނުވެސް ވަރަށް ހިތްހަމަޖެހޭ ވަގުތުކޮޅަކަށް ވެގެން ދިއައެވެ . މާހެފުމަކީ ރަމަޟާންމަހާ ގުޅިގެން ކެލާގައި ފާހަގަ ކުރަމުން އަންނަ ޘަޤފީ ވަރަށް ޙާއްޞަ ހަރަކާތެކެވެ. މާހެފުމުގެ ކަންތައް ރަށުގެ ޢާއިލާ ތަކުގެ މެދުގައާއި ، ރަށްޓެހިންގެ މެދުގައިވެސް ބޭއްވިގެން ދެއެވެ. މިފަދަ ކަންކަމުގައި ގިނަ މީހުން ބައިވެރިވުމަކީ ރައްޔިތުންގެ އެކުވެރިކަން އިތުރުވެގެންދާނެ ކަންކަމަށްވާތީވެ ، ކުރިއަށް ތަނުގައިވެސް މިފަދަ ހަރަކާތްތަކުގައި ގިނަ ބައެއްގެ ބައިވެރިވުން އިތުރުވުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ދެކެމެވެ.