May 18, 2022

ކެލާ އަންހެނުންހެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއިން ސެލްފް ޑިފެސްންސް ޕްރޮގްރާމެއް ފަށައިފި!

ކެލާ އަންހެނުންހެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއިން ސެލްފް ޑިފެސްންސް ޕްރޮގްރާމެއް ފަށައިފި!
މި ޕްރޮގްރާމް ފަށާފައިވަނީ 15 މޭ 2022 ވީ އާދީއްތަ ދުވަހުއެވެ. މި ޕްރޮގްރާމްގައި ސެލްފް ޑިފެންސްގެ އުކުޅުތައް ދަސްކޮށްދެއްވަނީ "ކްރަވޮލޫޝަންގެ" ކްރަވް މަގަރ އިންސްޓްރަކްޓަރ ހއ. ކެލާ މާކަރީ، އަޙްމަދު ޝާމެވެ. ކެލާ އ.ތ.މ. ކޮމެޓީގެ ރައީސާ ޙައްވާ ފަޒުނާ ވިދާޅުވީ މި ޕްރޮގްރާމަކީ ރަށުގެ ކުޑަކުދިންނާއި އަންހެނުން، ބޭރުތެރޭގައި އުޅޭ އުޅުމުގައި ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވާނެގޮތް ދަސްކޮށްދިނުމުގެ މުހިންމު މަޤްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކަމާއެކީ ކުރިއަށް ގެންދެވުމުގެ ސިއްރަކީ ކެލާ ކައުންސިލާއި، ސްކޫލްއާއި އަދި ސިއްހީ މަރުކަޒުގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމެވެ. ކެލާ ކައުންސިލް އިދާރާގެ ޝެޝަން ކުރިއަށް ގެންދަވަމުން އަހްމަދު ޝާމް ވިދާޅުވީ މިހާރަކަށް އައިސް ބޭރުތެރެއިން ނުރައްކާތަކާ ކުދިބޮޑު އެންމެންނަށް ކުރިމަތިލާން ޖެހޭކަމަށެވެ. އަދި މި ޕްރޮގްރާމްގެ މުހިންމުކަން ހާމަކޮށްދެމުން ވިދާޅުވީ ހުވަދު އަތޮޅު ރަށެއްގައި މީގެ ޝެޝަންއެއް ނިންމާލާފައި ގެޔަށްދިޔަ ކަނބަލަކަށް މިފަދަ ނުރައްކަލަކާ ކުރިމަތިލާން ޖެހުނުކަމަށެވެ. ނަމަވެސް އެރޭ ދަސްވި ކްރަވް މަގަރ ގެ މޮޅު އުކުޅުތައް ބޭނުންކޮށްގެން އެ ޝިކާރަވެރިޔާގެ ކިބައިން ސަލާމަތްވެ ޕޮލިހަށް ރިޕޯޓްކުރިކަމަށެވެ. ކާމިޔާބުކަމާއެކީ، ބޮޑު ތަރުހީބެއް ލިބިގެން ކުރިއަށްގެންދާ މި ފްރޮޤްރާމް ނިންމާލުމަށް ހަމަޖެހިފައިވަނީ 19 މޭ 2022ވާ ބުރާސްފަތި ދުވަހުއެވެ.