Jun 27, 2022

އެމް.އެން.ޑީ.އެފް އާއި ކެލާކައުންސިލް ގުޅިގެން ނިޔަމި ކޯސް ފެށިއްޖެ

އެމް.އެން.ޑީ.އެފް އާއި ކެލާކައުންސިލް  ގުޅިގެން ނިޔަމި ކޯސް ފެށިއްޖެ
މި ކޯހަކީ މިހިނގާ ޖޫން މަހުގެ 25 ން 28 ގެ ނިޔަލަށް ކުރިއަށް ގެންދާ ކޯހެކެވެ. ޖުމްލަ 30 ބައިވެރިން މި ކޯހުގައިވަނީ ބައިވެރިވެފައިވެއެވެ. މިކޯހުގައި ކިޔަވައިދެއްވަނީ އެމް.އެން.ޑީ.އެފް ގެ ފަރާތުން މިފަދަ ކޯސްތައް ހިންގަވައިދެއްވާ ބޭކަލުންނެވެ. މި ކޯސް ހއ. ކެލާގައި ކުރިއަށް ގެންދިއުމުގެ މައިގަނޑު އަމާޒަކީ، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގުމަށްޓަކައި ގިނަ ބަޔަކު ކައުންސިލަށް ހުށަހަޅަމުންދާތީ، ލައިސަންސް ނެގުމަށް އިތުރު އެހީތެރިކަމެއް ރަށުގެ ޒުވާނުންނާއި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައެވެ.