Mar 31, 2022

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ ވެބްސައިޓާއި ލޯގޯ އަދި މޯބައިލް އެޕްލިކޭޝަން އިފްތިތާހު ކޮށްފި

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ ވެބްސައިޓާއި ލޯގޯ އަދި މޯބައިލް އެޕްލިކޭޝަން އިފްތިތާހު ކޮށްފި
ކެލާ ކައުންސިލްގެ ވެބްސައިޓާ ލޯގޯ އަދި މޯބައިލް އެޕްލިކޭޝަން އިފްތިތާހް ކުރުމާއި ކައުންސިލް މުވައްޒަފުންގެ ޔުނީފޯމް އާއި ސްޓާފް އައިޑީކާޑް ހަވާލުކުރުމުގެ ރަސްމިއްޔާތު 30 މާރޗް 2022 ވަނަ ދުވަހުގެ ރޭ ކެލާ ފެހިބިން ސަރަހައްދުގެ ހިތްފަސޭހަ މާހައުލުގައި ބާއްވައިފި . މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހއ.އތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤު. މި ޖަލްސާގައި ރަށުގެ ހުރިހާ މުއައްސަސާ ތަކުގެ އިސްވެރިންނާ ،ހއ.އަތޮޅު ޕޮލިސް ކޮމާންޑަރ އިނިސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުޢީން ބައިވެރިވެ ވަޑައިގެންނެވި . ޖަލްސާ ގައި ކައުންސިލްގެ ވެބްސައިޓާ ލޯގޯ އިފްތިތާހް ކުރުމަށްފަހު މުވައްޒަފުންގެ ޔުނިފޯމް އަދި ސްޓާފް އައިޑީކާޑް ޙަވާލުކުރެވިގެން ދިޔަ. މިކަމުގެ މުހިއްމު ބޭނުމަކީ ކައުންސިލްގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ޚިދުމަތް ލިބޭގޮތަށް ހުރިހާ ޚިދުމަތެއް ޑިޖިޓަލް ކުރުމާ އަދި ސްމާޓް އޮފީހަކަށް ކެލާ ކައުންސިލް ހެދުން .