Aug 25, 2022

ނިޔަމިކޯހުގެ ބައިވެރިންނަށް ސެޓްފިކެޓްދިނުން.

ނިޔަމިކޯހުގެ ބައިވެރިންނަށް ސެޓްފިކެޓްދިނުން.
ދިވެހިރާއްޖޭގެ ކަނޑުގެ ޞަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވައިދުގެ 24 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ މާއްދާގެ ދަށުން ކަނޑުގައި ދުއްވާ އެތެރޭގެ އުޅަނދުފަހަރުގެ ކެޓަގަރީ '' ބީ '' ، '' ޑީ '' އަދި '' އީ '' ގެ އުޅަނދުފަހަރު ދުއްވުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑު ސިވިލްއޭވިއޭޝަން އިން ކަނޑައަޅަފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކޯސް '' ނިޔަމި ކަމުގެ ސެޓްފިކެޓް 2 '' 25 ޖޫން 2022 އިން 28 ޖޫން 2022 ވަނަ ދުވަހުގެ ނިޔަލަށް ހިންގުނު ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ވަނީ މިއަދު ހަވާލްކުރެވިފައެވެ.