އިޢުލާން - ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ގުޅޭ

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނޑުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް މިކައުންސިލުން ފަށާފައިވާތީ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނޑު ދުއްވުމުގެ ލައިސަންސް ނަގަންބޭނުންވާ ފަރާތްތަކުން މިނިސްޓުރީ އޮފް ޓުރާންސްޕޯޓް އެންޑު ސިވިލް އޭވިއޭޝަންގެ '' އެމް.އެލް 1 ފޯމް '' ފުރުއްވާ ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި ފޯމް ހުށައަޅަންވާނީ ސުކިޕަރ ކުލާސް 5 ނިޔަމިކަމުގެ ސަނަދު 1 ނުވަތަ ނިޔަމިކަމުގެ ސަނަދު 2 ފުރިހަމަ ކޮށް ސަނަދު ލިބިފައިވާ ފަރާތްތަކުންނެވެ. އަދި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އެޕްލިކޭޝަން ފޯމްހުށައަޅާއިރު ދެންނެވިފައިވާ ސަނަދުތަކުން ސަނަދެއްގެ ކޮޕީއާއެކު ނެގިފަހުން ތިންމަސްނުވާ (ޕާސްޕޯޓުގައި ޖެހުމަށް ކަމުދާ، ޕާސްޕޯޓް ސައިޒުގެ ) ފޮޓޯއެއް ހުށައަޅަންވާނެވެ. ވީމާ މިކަން އާންމުކޮން އެންގުމުގެ ގޮތުން އަންގާ އިޢުލާން ކުރަމެވެ. 22 ފެބުރުއަރީ 2022